ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ 10 ވަނަ ބައްދަލުވުން ބާއްވަވައިފި

މިރޭ ބޭއްވުނު ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ 10 ވަނަ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަލާމަތީ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކޮމިޝަނާ އޮފް ޕޮލިސް އަލްފާޟިލް ޢަބްދުﷲ ރިޔާޒު ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންނެވުމަށް އަންގަވާފައިވީނަމަވެސް، ވަޑައިނުގެންނެވޭނެ ސަބަބު ބަޔާންކޮށް އެހެންދުވަހަކަށް އެ ބައްދަލުވުން ފަސްކޮށްދެއްވުމަށް އެދިވަޑައިގެން ކޮމިޓީއަށް ސިޓީ ފޮނުއްވާފައިވެއެވެ. އެހެންކަމުން، 9 އޮކްޓޯބަރ 2012 ވަނަ ދުވަހު ހެނދުނު 11:00 ގައި ކޮމިޓީއަށް ހާޒިރުވުމަށް ކޮމިޓީން ނިންމާފައިވެއެވެ.

މިރޭގެ ބައްދަލުވުމުގައި، މީގެއިތުރުން، މާލެތެރޭގައި ހިނގާ މާރާމާރީއާއި ކުށްތައް ހުއްޓުވުމަށްޓަކައި ފުލުހުންގެ ކާއްޞަ މަސައްކަތްތަކެއް ފެއްޓެވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެންގެވުމަށާއި އަދި އެމަސައްކަތްތައް ކުރިއަށްދާގޮތުގެ ތަފްޞީލު ރިޕޮޓެއް ކޮންމެ 24 ގަޑިއިރަކުން އެ ކޮމިޓީއަށް ފޮނުއްވައި ދެއްވުމަށް އެ ސަރވިސް އަށް ދެންނެވުމަށް ކޮމިޓީގެ އަޣްލަބިއްޔަތުން ނިންމަވާފައިވެއެވެ.

މިއަދު ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، ވެލިދޫ ދާއިރާގެ މެންބަރު އަލީ މުޙައްމަދު، ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙިމް މުޙަންމަދު ސޯލިހު، އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ.

ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އަދި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހްމީއެވެ.