3 މެންބަރެއްގެ ނަން އިއްވަވައިފި

މަޖިލީހުގެ ނިޒާމްގެ ގެއްލުމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ރ)ގެ ދަށުން 3 މެންބަރެއް ނަން މިއަދުގެ ޖަލްސާގައި އިއްވަވައިފިއެވެ.

ނަން އިއްވެވި 3 މެންބަރުންނަކީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އާއި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އަދި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަނީ މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، އިންޒާރުކުރުމުންވެސް، އެ މެންބަރަކު ކިޔަމަންނުވެއްޖެނަމަ، މަޖިލީސް ދޫކޮށްފައި ދިޔުމަށް އެ މެންބަރަކަށް އެންގެވުމުގެ އިޚްތިޔާރު މަޖިލީހުގެ ރައީސަށް ލިބިވަޑައިގެންވެއެވެ.

ނަން އިއްވެވި މެންބަރުން ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގަންނަވަންދެން މިއަދުގެ ޖަލްސާ ވަގުތުކޮޅަކަށް މެދުކަނޑާލާފައިވެއެވެ.