ސުނާމީގައި ހާލުގައި ޖެހުނު މީހުންގެ ޝަކުވާތަކާއި ގެދޮރުގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ހޮއްވެވި ކޮމިޓީ ބައްދަލުވުން ބާއްވައިފި

ސުނާމީގައި ހާލުގައި ޖެހުނު މީހުންގެ ޝަކުވާތަކާއި ގެދޮރުގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ހޮއްވެވި ކޮމިޓީގެ 4 ވަނަ ބައްދަލުވުން ބާއްވައިފިއެވެ.

މިބައްދަލުވުމުގައި، ސުނާމީ ކޮމިޓީއަށް އަމިއްލަ ފަރާތްތަކުން ހުށަހަޅުއްވާފައިވާ މައްސަލަތައް ދިރާސާކުރައްވައި، ފުރިހަމަ ހައްލެއް ލިބިފައިވޭތޯ ބެއްލެވުމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަރަމެންޓް އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ ހިންގެވުމާއި ހަވާލުވެ ހުންނެވި އެންމެ އިސްފަރާތާއި ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އަދި ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ.