ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަލްމަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީގެ ހަނދާނުގައި 8 އޮކްޓޯބަރ 2012 ވާ ހޯމަދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ ތަޢުބީނުގެ ޖަލްސާ ނުބާއްވަން ހަމަޖައްސަވައި، އެ ޖަލްސާ، ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއަކަށް ބަދަލުކުރައްވައިފިއެވެ.
މި ޚާއްޞަ ޖަލްސާގައި، އަލްމަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީގެ އާއިލާއަށް ރައްޔިތުންގެ މަޖިލީހުގެ އެންމެ މަތީ ޝަރަފު ދެއްވަން ވަނީ ނިންމަވާފައެވެ.
