ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަލްމަރުޙޫމް ޑރ. ޢަފްރާޝީމް އަލީގެ ހަނދާނުގައި ތަޢުޒިޔާގެ ހުޅުވާލެވުނު ތަޢުޒިޔާގެ ދަފްތަރުގައި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ސޮއެކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަލްމަރުޙޫމް ޑރ. ޢަފްރާޝީމް އަލީގެ ހަނދާނުގައި ހުޅުވާލެވުނު ތަޢުޒިޔާގެ ދަފްތަރުގައި، ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް، މިއަދު، ސޮއެކުރައްވައިފިއެވެ.

ބުދަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 3:00 އިން 6:00 އަށް މަޖިލީހުގެ ގޭގައި، މި ތަޢުޒިޔާގެ ދަފްތަރު ޢާންމުކޮށް ހުޅުވިފައި އޮންނާނެއެވެ.