ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަލްމަރުޙޫމް ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ހުޅުވާލެވުނު ތަޢުޒިޔާގެ ދަފްތަރުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން، މިއަދު، ސޮއެކުރައްވައިފިއެވެ.
ބުދަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 3:00 އިން 6:00 އަށް މަޖިލީހުގެ ގޭގައި، މި ތަޢުޒިޔާގެ ދަފްތަރު ޢާންމުކޮށް ހުޅުވިފައި އޮންނާނެއެވެ.
17 ޛުލްޤައިދާ 1433
04 އޮކްޓޯބަރ 2012
