މިއަދު ބޭއްވުނު ޤައުމީ ސަލާމަތުގެ ކޮމިޓީގެ ސަބް-ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި، ފުލުހުންގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވައިފިއެވެ.
ނަމަވެސް ފުލުހުންގެ ޤާނޫނު މުޅިން އިސްލާޙު ކުރުމުގެ ބިލެއް ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މަޖިލީހުގެ ތަޅުމަށް މިހާރު ހުށަހަޅުއްވާފައިވާތީ، ކޮމިޓީގައިވާ ބިލުގެ މަސައްކަތް ނިންމަވާލެއްވުމަށް ސަބް-ކޮމިޓީން ނިންމެވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙީމް ރިޒާ އާއި މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤްއެވެ. އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހުންނެވީ ސަލާމުގައެވެ.
17 ޛުލްޤައިދާ 1433
03 އޮކްޓޯބަރ 2012