ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަލާމަތީ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކޮމިޓީއަށް ފުލުހުންގެ އިސް އޮފިޝަލުންނާއި މީޑިޔާ ރެގިއުލޭޓް ކުރައްވާ އިސް ފަރާތްތައް ހާޒިރުކުރުމަށް ނިންމަވައިފި

މިއަދު ބޭއްވުނު ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ 9 ވަނަ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަލާމަތީ ކަންތައްތައް ހަމަޖެހިފައިވާ ގޮތުގެ މައްޗައް އަލިއަޅުވާލައްވާ މަޝްވަރާތައް ކުރައްވާފައިވެއެވެ. އެގޮތުންމަޖިލީހުގެ މެންބަރުނގެ ސަލާމަތީ ކަންތައްތައް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ.

މީގެ އިތުރުން މީޑިޔާ ރެގިއުލޭޓް ކުރާ އެއް މުއައްސަސާ ކަމުގައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ކޮމިޓީން ވަނީ ނިންމަވާފައެވެ.

މިއަދު ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، ވެލިދޫ ދާއިރާގެ މެންބަރު އަލީ މުޙައްމަދު، ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހްމީ، އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ.