ފައިނޭންސް ލީސިންގ ކުންފުނިތަކާއި ފައިނޭންސް ލީސިންގ މުޢާމަލާތްތަކާބެހޭ ޤަވާއިދު ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލް 1 ގައި ހިމެނުމާބެހޭގޮތުން، ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް އަދި ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، ކޮމިޓީން ނިންމެވިގޮތަށް މިއަދު ފާސްކުރައްވައިފިއެވެ.
ފައިނޭންސް ލީސިންގ ކުންފުނިތަކާއި ފައިނޭންސް ލީސިންގ މުޢާމަލާތްތަކާބެހޭ ޤަވާއިދު ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލް 1 ގައި ހިމެނުމާބެހޭގޮތުން، ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށަހެޅުއްވި ގޮތަށް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 45 މެންބަރުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓް ދެއްވާފައިވާއިރު އެއްވެސް މެންބަރަކު ވަކިފަރާތަކަށްފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 44 މެންބަރުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް އެއްވެސް މެންބަރަކު ވޯޓް ދެއްވާފައިނުވާއިރު 2 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 71 ވަނަ މާއްދާގެ (ހ) ގެ ދަށުން ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްތަފާ ހުށަހެޅުއްވާފައިވާ ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) އަށް އިޞްލާޙް ގެނައުމުގެ ބިލު އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގައިވާ ގޮތުގެމަތިން އެ ބިލު އިތުރަށް ދިރާސާ ނުކުރެއްވުމަށް އެކޮމިޓީން ނިންމަވާފައިވާތީ، މެންބަރުން ފެނިވަޑައިގަންނަވާގޮތަކަށް ވޯޓަށް އަައްސަވާފައިވެއެވެ. މިގޮތަށް ފާސްކުރައްވަން 40 މެންބަރުން ވޯޓް ދެއްވުމުން މިބިލު ވަނީ ބާޠިލް ވެފައެވެ. ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 9 މެންބަރުންނެވެ. އަދި 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ކޮމިޓީ މަރުޙަލާ ނިމި މަޖިލީހުން ރިޢާޔަތްކުރެއްވުމަށް އިޤްތިޞާދީ ކޮމިޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު މަޖިލީހަށް ހުށަހަޅުއްވާފައިވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 4 އޮކްޓޯބަރ 2012 ވާ ބުރާސްފަތި ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާގޭގަ އެވެ.
17 ޛުލްޤަޢިދާ 1433
03 އޮކްޓޯބަރ 2012