2 އޮކްޓޯބަރ 2012 ގައި ބޭއްވުމަށް، އެޖެންޑާކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 2 ވަނަ ޖަލްސާ، 3 އޮކްޓޯބަރ 2012 ވާ ބުދަދުވަހު ބާއްވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ނިންމަވައިފިއެވެ.
މިގޮތަށް ނިންމަވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ ޙާދިސާއާއި ގުޅިގެންނެވެ.