ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިދައުރުގެ ފުރަތަމަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 120 ވަނަ މާއްދާގެ ދަށުން ކޮމިޓީގެ މުޤައްރިރާއި، ނައިބު މުޤައްރިރު ހޮއްވެވުމަށް ފުރުޞަތު ހުޅުވާލެއްވުމުން ކޮމިޓީގެ އިއްތިފާޤުން މުޤައްރިރު ކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ހޮއްވަވައިފިއެވެ. އަދި ނައިބު މުޤައްރިރަށް ކުރެންދޫ ދާއިރާގެ މެންބަރު އަޙުމަދު މޫސާ ހޮއްވަވައިފިއެވެ.
މިބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ނާއިބު މުޤައްރިރު ކުރެންދޫ ދާއިރާގެ މެންބަރު އަޙުމަދު މޫސާ، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު ޢީވާ ޢަބްދުﷲ، މެދު ހިތަދޫ ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ކުޅުދުއްފުށި ދާއިރާގެ މެންބަރު ޢަބްދުލްޤަފޫރު މޫސާ، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކް، ފުވައްމުލަކު ދާއިރާގެ މެންބަރު ޝިފާގް މުފީދު، ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް އަދި މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީއެވެ.
15 ޛުލްޤަޢިދާ 1433
1 އޮކްޓޯބަރ 2012
