މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅާއި އެ ސިޓީފުޅާއެކު ފޮނުއްވާފައިވާ ލިސްޓުގައިވާ ނަންފުޅުތައް މަޖިލީހަށް އިއްވައި، މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ، އެ ބޯޑުން މަދުވެފައިވާ މެންބަރުންގެ ބަދަލުގައި މެންބަރަކު ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅާއި އެ ސިޓީފުޅާއެކު ފޮނުއްވާފައިވާ ލިސްޓުގައިވާ ނަންފުޅުތައް މަޖިލީހަށް އިއްވައި، މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވުނު ނަންފުޅުތަކަކީ މ.ރަތްވިލާ މުޙައްމަދު އާޞިފް، ގ.ޑޭޒީފެހި މުޙައްމަދު ޙިލްމީ، ހ.ރީދޫކޮކާގެ ޢާއިޝަތު ޙުސައިންމަނިކު، ނ.ފޮއްދޫ ހަޒާރުމާގެ އިބްރާހީމް މުޢާޛް ޢަލީ، މއ.ގަނބޭލީވިއު އިޒްމީރާ ޝިހާމް، މ.ފަލްކަންގެ މުޙައްމަދު ނާޞިޙު، މ.ކޮކާހަނދުވަރުގެ މަރްޔަމް ސަޢީދާ އިބްރާހީމް، ހ.ސާވަން މައްލާ ޅަތުއްތު، މ.ބީޗްހެވަން ޢަލީ ނާސިޙް، ހއ.ދިއްދޫ ޢާލިޔާ މުޙައްމަދު އަސްލަމް، މ.އިގްލީމުގެ ޢާއިޝަތު ފަޞާހާ، ސ.ހިތަދޫ ފަރުދާމަގީޗާގެ އަޙްމަދު ޙަސަން، ދަފްތަރު ނަންބަރު ރސ 6158 މުޙައްމަދު އަޙްމަދު އަދި ގދ.ރަތަފަންދޫ ބަހާރީވިލާ މިޢުޞަމް ޢައްބާސް އެވެ.

15 ޛުލްޤައިދާ 1433

01 އޮކްޓޯބަރ 2012