ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ ނާއިބުގެ މަޤާމަށާއި އިންޓާނަލް އޮޑިޓަރުގެ މަޤާމަށް ބޭފުޅުން އައްޔަނުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ ނާއިބުގެ މަޤާމަށް ހ.ނަސީމީ ފާޠިމަތު ނިއުޝާ އާއި އިންޓާނަލް އޮޑިޓަރުގެ މަޤާމަށް ދަފްތަރު ނަންބަރު ރސ 5095 ޙަދީޖާ ޙުސައިން މިއަދު އައްޔަންކުރައްވައިފިއެވެ.

މިދެބޭފުޅުން އައްޔަންކުރެއްވީ މިދެމަޤާމަށް އިއުލާނުކުރައްވައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޢާންމު ކޮމިޓީން އެކުލަވާލެއްވި ކުޑަކޮމިޓީއަކުން ނަންތައް ދިރާސާކުރެއްވުމަށްފަހުގައެވެ.

އަލްއުސްތާޛް ފާޠިމަތު ނިއުޝާ ކުރިން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސީނިއާ ލީގަލް ކައުންސެލްގެ މަޤާމުގައެވެ. އަދި އަލްފާޟިލް ޙަދީޖާ ޙުސައިން ކުރިން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޑިރެކްޓަރ އެކައުންޓްސްގެ މަޤާމުގައެވެ.

15 ޛުލްޤަޢިދާ 1433

01 އޮކްޓޯބަރ 2012