ގަވައިދު ކޮމިޓީން، ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިންގ ގެ ބޭފުޅުންނާއި ބައްދަލު ކުރައްވައިފި

މިއަދު ބޭއްވި ގަވައިދު ކޮމިޓީގެ 23 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ތަފާސް ހިސާބުގެ ގަވައިދާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިންގ ގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

އަދި ގަވައިދަށް ގެންނެވި އިޞްލާޙުތަކާއިމެދު މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މުޤައްރިރު ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުލްރަޙީމް، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަފީޤް ޙަސަން، ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާޙީމް މުއްޠަލިބް، އަދި އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެވެ. ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް ހުންނެވީ ސަލާމުގައެވެ. މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ.