މިއަދު ބޭއްވުނު ގަވައިދު ކޮމިޓީގެ 22 ވަނަ ބައްދަލުވުމުގައި ދިވެހި ރާއްޖޭގެ ތަފާސްހިސާބާބެހޭ ގަވާއިދު ދިރާސާކުރައްވައިފިއެވެ.
މިގޮތުން މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އިން ފެށިގެން ބައްލަވާ ގަވާއިދު އެއްކޮށް ނިންމަވާލެއްވިއެވެ. އަދި ކޮމިޓީން ގެންނެވި އިޞްލާހުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ދެން އޮންނަ ކޮމިޓީ ބައްދަލުވުމެއްގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގ ގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.
މިއަދު ބޭއްވުނު ގަވައިދު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްޠަލިބް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ހަސަން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް އަދި އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހިމްއެވެ. އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ ހުންނެވީ ސަލާމުގައެވެ. މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް ކޮމިޓީއަށް ވަޑައެއް ނުގަންނަވައެވެ.