ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ ޑިޕެންޑެންޓުންނަށް ހެލްތް އިޝުއަރަންސް ހަމަޖެއްސުމާ ގުޅޭގޮތުން ހުށަހަޅުއްވާފައި ޕްރޮޕޯސަލް ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް-ކޮމިޓީގެ 2 ވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.
މިއަދުގެ ބައްދަލުވުމުގައި، މިމައްސަލަ ސަބް ކޮމިޓީގައި ދިރާސާކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންޝުއަރަންސް ކަންތައްތަކާ ގުޅޭގޮތުން އެލައިޑް އިންޝުއަރަންސް އިން ފޮނުއްވާފައިވާ ޕްރޮޕޯސަލްއާއިމެދު ގޮތެއްނިންމުމުގެ ކުރިން އެލައިޑްއިންޝުއަރަންސް ކުންފުނީގެ އިސް ބޭފުޅުންނާއި ބައްދަލުކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އެ ޕްރޮޕޯސަލްގައި އިސްލާޙްކުރެއްވުމަށް ކޮމިޓީން ހުށަހެޅުއްވި ކަންކަން އިސްލާޙުކުރުމަށާއި އަދި މެންބަރުންނަށް ދެއްވުމަށް 11 އޮކްޓޯބަރ 2011 ގައި އެލައިޑް އިންޝުއަރަންސް ކޮންޕެނީން ހުށަހަޅުއްވާފައިވާ ހުށަހެޅުންތައް ހިމެނޭގޮތަށް އެލައިޑް އިންޝުއަރަންސްއިން ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ ޑިޕެންޑެންޓުންނަށް އިންޝިއުރަންސްގެ ޚިދުމަތްތައް ކުރިއަށް ގެންދެއްވުމަށް ސަބްކޮމިޓީގެ އިއްތިފާޤުން ނިންމަވާ، މިގޮތަށް މިމައްސަލަ މައި ކޮމިޓީއަށް ހުށަހެޅުމަށް ނިންމަވާފައިވެއެވެ.
ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 3 މެންބަރުންގެ ތެރެއިން ކޮމިޓީއަށް ޙާޒިރުވެވަޑައިގެންނެވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙުމަދުއެވެ. މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަޙީމް ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ.