ދައުލަތުގެ މުސާރައާއި ސިޔާސަތުގެ ބިލު ދިރާސާ ކުރެއްވުމުގެ މަސައްކަތް އިޤްތިޞާދީ ކޮމިޓީން ކުރިއަށްގެންދަވައިފި

މިއަދު ބޭއްވި އިޤްތިޞާދީ ކޮމިޓީގެ 22 ވަނަ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަހެޅިފައިވާ މަސައްކަތްތަކުގެ ތެރެއިން ސުންގަޑި ހަމަވެފައިވާ މަސައްކަތްތަކުގެ ސުންގަނޑިތައް އަލުން އެކުލަވާލުމުގެ މަސައްކަތް ކުރައްވަފައިވެއެވެ.

އަދި އެއަށްފަހު ދައުލަތުގެ މުސާރައާއި ސިޔާސަތުގެ ބިލުގެ 3 ވަނަ މާއްދާ ދިރާސާކުރައްވާ މަޝްވަރާ ކުރައްވާފައިވެއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މުޤައްރިރު ކިނިބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ. ހާޒިރުވެވަޑައިނުގަންނަވާ މެންބަރުންނަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ގޮލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން އަބްދުﷲ ޙަމީދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުﷲ ޤަފޫރު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުއެވެ.