ސުލޫކު ކޮމިޓީގެ 3 ވަނަ ބައްދަލުވުން މިއަދު ހެނދުނު 10:15 ން 10:35 އަށް ބާއްވައިފިއެވެ.
މިބައްދަލުވުމުގައި ސުލޫކު ގަވާއިދާއި ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހު، ނިންމެވީ ސުލޫކު ގަވާއިދަށް މެންބަރުންނާއި ޕާޓީތަކުން ހުށަހަޅާފައިވާ އިޞްލާޙުތައް ބެއްލެވުމަށްފަހު މާދަމާގެ ބައްދަލުވުމުގައި މި ގަވާއިދު އިތުރަށް ދިރާސާކުރެއްވުމަށެވެ.
މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޢަފޫރު މޫސާ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދުއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙުލޫފް، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްއެވެ. ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުލްރަޙީމް ޢަބްދުﷲ ހުންނެވީ ސަލާމުގައެވެ.