ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފޮނުއްވުމަށް ނިންމަވައިފި

ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފޮނުއްވުމަށް މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ނިންމަވައިފިއެވެ. މިގޮތަށް ނިންމެވީ މިރިޕޯޓް މަޖިލީހުގެ ރައީސަށް މިއަދު ހެނދުނު އެކޮމިޝަންގެ ފަރާތުން ރައްދުކުރުމާ ގުޅިގެންނެވެ. މަޖިލީހުގެ މެންބަރުންނަށް މިރިޕޯޓް ފޮނުއްވުމުގެ އިތުރަށް މަޖިލީހުގައި ހިމެނޭ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އާއި ޤައުމީ ސަލާމަތުގެ ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް މިރިޕޯޓް ފޮނުއްވުމަށްވެސް މަޖިލީހުގެ ރައީސްވަނީ ކަނޑައަޅުއްވާފައެވެ.

ރިޕޯޓް ފޮނުވުމުގެ މަސައްކަތް މަޖިލީހުގެ އިދާރާއިން މިހާރުދަނީ ކުރަމުންނެވެ.

 

12 ޝައްވާލް 1433

30 އޯގަސްޓް 2012