ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަންދުކުރުމުގައި ޢަމަލުކުރައްވަމުން ގެންދަވާނީ، ޤަވާއިދާ އެތްގޮތްވާ ގޮތުގެ މަތިން ކަމުގެ ފުރިހަމަ ޔަޤީންކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަންދުކުރުމުގައި ޢަމަލުކުރައްވަމުން ގެންދަވާނީ، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާ އެތްގޮތްވާ ގޮތުގެ މަތިން ކަމުގެ ފުރިހަމަ ޔަޤީންކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދެއްވައިފިއެވެ.

މިކަމާއި ގުޅޭގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން 06 އޯގަސްޓް 2012 ގައި ފޮނުވި ސިޓީގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަންދުކުރުމުގައި، މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ބައެއް މާއްދާތަކަށް ޢަމަލުކުރުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކުރިމަތިވެފައިވާ ދަތިތަށް ފާހަގަކުރައްވައި، ކަމާބެހޭފަރާތްތަކަށް ހުށައަޅުއްވައިގެން އެކަންކަން އިސްލާޙުކޮށްދެއްވުމަށް އެދި ވިދާޅުވެފައިވާ ވާހަކަ ފާހަގަކުރެއްވިއެވެ.

21 ރަމަޟާން 1433

9 އޯގަސްޓް 2012