ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް 8 ފެބްރުއަރީ 2012 ގައި ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމުގެ ޝަކުވާތައް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވުމުން، އެ މައްސަލައިގެ ތަޙްޤީޤް ކުރިއަށް ގޮސްފައިވާ މިންވަރު އަންގަވައިދެއްވައި، އެ މައްސަލައިގެ ތަޙްޤީޤް އަވަސްކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ސިޓީއެއް ފޮނުއްވައިފިއެވެ.