މިއަދު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ މި އަހަރުގެ 21ވަނަ ބައްދަލުވުމުގައި، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު އިތުރަށް ދިރާސާ ކުރެއްވިއެވެ.
މިއަދު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ ކޮމިޓީގެ ނައިބު މުޤައްރިރު މާމިނގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޢަފޫރު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދުއެވެ.
މިއަދުގެ ބައްދަލުވުމަށް މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް,ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު ވަޑައިނުގަންނަވައެވެ.
12 ޝަޢުބާން 1433
31 ޖުލައި 2012
