މިއަދު 12:45 ން 13:00 އަށް ކުރިއަށްގެންދެވި މިނިވަން މުއައްސަސާ ކޮމިޓީގެ ބައްދަލުވުމުގައި ، ކޮމިޓީ އަލުން އެކުލަވާލައްވާފައިވާތީ، ނައިބު މުޤައްރިރު ހޮއްވެވުމަށް މެންބަރުން ހުށަހަޅުއްވާ ތާޢީދުލިބިވަޑައިގެންނެވި 2 ހުށަހެޅުންވެސް ވޯޓަށް އެއްސެވުމުން ފާހެއްނުވިއެވެ.
މި ބައްދަލުވުމަށް ހާޒިރުވެވަޑައިގަތީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމިނު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖްތާޒު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އެވެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ވަޑައިނުގަންނަވައެވެ. ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ހުސައިން އަދި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުންނެވީ ޗުއްޓީގައެވެ.
11 ރަމަޟާން 1433
30 ޖުލައި 2012