ޤައުމީ ތަރައްޤީ ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވަވައިފި

މިއަހަރުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، މަޖިލީހުގެ ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ޢަދަދަށް އައި ބަދަލާގުޅިގެން، 46 މެންބަރުންގެ އިއްތިފާޤުން ކޮމިޓީތައް އަލުން އެކުލަވާލައްވާފައިވާތީ، ޤައުމީ ތަރައްޤީ ކޮމިޓީގެ 8 ވަނަ ބައްދަލުވުމުގައި މުޤައްރިރާއި ނައިބު މުޤައްރިރު ހޮވުމުގެ ފުރުސަތު ހުޅުވާލައްވާ، މުޤައްރިރު ކަމުގެ މަޤާމަށް ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ހުސެން އަދި ނައިބު މުޤައްރިރު ކަމުގެ މަޤާމަށް ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފު ހޮވިވަޑައިގެންފިއެވެ.  ދެ ބޭފުޅުންވެސް ހޮވިވަޑައިގެންފައިވަނީ 10 ވޯޓުގެ އަޣްލަބިއްޔަތުންނެވެ.

12:05 ން 12:12 އަށް ކުރިއަށްގެންދެވި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކޮމަންޑީ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު، ކެނޑިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤް، އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން އަބްދުﷲ ހަމީދު، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމު، ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިން، މަރަދޫ ދާއިރާގެ މެންބަރު ޙަސަން އާދިލް، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރު، އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރުއެވެ.