ޤަޢުމީ ތަރައްޤީގެ ކޮމިޓީގެ މުޤައްރިރު ހޮއްވެވުމަށް ހުށަހެޅި ދެ ހުށަހެޅުން ވޯޓަށްއެއްސެވެމުން ފާހެއްނުވި

މިއަދު 1250 ން 1255 އަށް ބޭއްވި ޤައުމީ ތަރައްޤީގެ ކޮމިޓީގެ 7 ވަނަ ބައްދަލުވުމުގައި، ކޮމިޓީ އަލުން އެކުލަވާލައްވާފައިވާތީ، މުޤައްރިރު ހޮއްވެވުމަށް މެންބަރުން ހުށަހަޅުއްވާ ތާޢީދުލިބިވަޑައިގެންނެވި 2 ހުށަހެޅުންވެސް ވޯޓަށް އެއްސެވުމުން ފާހެއް ނުވިއެވެ.

މި ބައްދަލުވުމަށް 8 މެންބަރުން ހާޒިރުވެވަޑައިގަތެވެ. އެއީ ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ހުސެއިން، ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެން ވަޙީދު، މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤް، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، އަދި މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލްއެވެ. ވިލިނގިލި ދާއިރާގެ މެންބަރު މުޙައްމަދު ރާމިޒް ހުންނެވީ ޗުއްޓީގައެވެ.