ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރު ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަވައިފިއެވެ.

މިބިލަށް ޖުމްލަ 9 މެންބަރުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވާފައިވެއެވެ.

މިއަދުގެ ޖަލްސާގެ މެންދުރުފަހު ދަންފަޅީގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޒިމް އެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 25 ޖުލައި 2012 ވާ ބުދަ ދުވަހު މަޖިލީސްކުރާގޭގައެވެ.

5 ރަމަޟާން 1433

24 ޖުލައި 2012