ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރު ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފިއެވެ.

މިއަދުގެ ޖަލްސާގެ 1 ގަޑިއިރުގެ ބަހުސްގައި ޖުމްލަ 7 މެންބަރުން މިބިލަށް ވާހަކަ ދައްކަވާފައިވެއެވެ.

މިބިލުގެ އިތުރުން ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމުގެ ބިލުގެ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދެވިއެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވީ ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދު އެވެ.

5 ރަމަޟާން 1433

24 ޖުލައި 2012