ޤަޢުމީ ސަލާމަތުގެ ކޮމިޓީގެ މިއަހަރުގެ 2 ވަނަ ބައްދަލުވުން ބާއްވައިފި

ޤަޢުމީ ސަލާމަތުގެ ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރާއި ހޮއްވެވުމަށް އެ ކޮމިޓީގެ މިއަހަރުގެ 2 ވަނަ ބައްދަލުވުން މިއަދު 11:20 ން 11:45 ބާއްވަވައިފިއެވެ.

ކޮމިޓީގެ މުޤައްރިރު ކަމުގެ މަޤާމަށް ހުށަހެޅުއްވި އެއްވެސް ހުށަހެޅުމެއް ފާސްވެފައެއް ނުވެއެވެ. އަދި ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮވުމުގެ މަސައްކަތް ދެން ބާއްވަވާ ކޮމިޓީ ބައްދަލުވުމުގައި ކުރެއްވުމަށް ނިންމަވާފައިވެއެވެ.

މި ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ހުޅު-ހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ފޭދޫ ދާއިރާގެ މެންބަރު އަލްޙާން ފަޙްމީ، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤް، ފުވައްމުލަކު-މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު، އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒް، އަދި މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްއެވެ. ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއާއި އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހުންނެވީ ސަލާމުގައެވެ.