މިއަދު 12:45 ން 13:00 އަށް ކުރިއަށްގެންދެވި މިނިވަން މުއައްސަސާ ކޮމިޓީގެ ކޮމިޓީގެ މުޤައްރިރު ކަމުގެ މަޤާމަށް 9 ވޯޓުގެ އިއްތިފާޤުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ހޮވިވަޑައިގެންފިއެވެ.
މި ބައްދަލުވުމަށް ހާޒިރުވެވަޑައިގަތީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމިނު، ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ހުސައިން، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖްތާޒް، އަދި އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ އެވެ. ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ހުންނެވީ ސަލާމުގައެވެ.
4 ރަމަޟާން 1433
23 ޖުލައި 2012