އައި.ޕީޔޫގެ ހިއުމަން ރައިޓްސް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ފުރާވަޑައިގެންފި

މި އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ޖެނިވާގައި ބޭއްވުމަށް ހަމަޖެހިފައިވާ އައި.ޕީޔޫގެ ހިއުމަން ރައިޓްސް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ރޭ ފުރާވަޑައިގެންފިއެވެ.

މިބައްދަލުވުމުގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަލްފާޟިލާ އީވާ ޢަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛު އިމްތިޔާޒް ފަޙުމީ އާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ އާރިފް އަދި  ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ބައިވެރިވެވަޑައިގަތުމަށްވަނީ ހަމެޖެހިފައެވެ.