މާލިއްޔަތު ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮވައިފި

މިއަދު 9:35 ން 10:00 އަށް ބޭއްވެވި މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 36 ވަނަ ބައްދަލުވުމުގައި ކޮމިޓީ އަލުން އެކުލަވާލާފައިވުމުން، މުޤައްރިރު ހޮވުމަށް ވޯޓަށް އައްސަވާ އިއްތިފާޤުން އެ މަޤާމަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ހޮވިވަޑައިގެންފިއެވެ. ނައިބު މުޤައްރިރުގެ މަޤާމަށް ހޮވިވަޑައިގެންނެވީ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒުއެވެ.

މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙައްމަދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، އަދި މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީއެވެ. އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހުންނެވީ ޗުއްޓީގައެވެ.