ޕެޓިޝަން ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވަވައިފި

މިއަދު 11:10 ން 11:15 އަށް ބޭއްވެވި ޕެޓިޝަން ކޮމިޓީގެ 4 ވަނަ ބައްދަލުވުމުގައި ކޮމިޓީ އަލުން އެކުލަވާލާފައިވާތީ، މުޤައްރިރު ހޮވުމަށް ފުރުޞަތު ހުޅުވާލުމުން، އިއްތިފާޤުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ހޮވިވަޑައިގެންފިއެވެ.

ނައިބު މުޤައްރިރު ކަމުގެ މަޤާމަށް އިއްތިފާޤުން ހޮވިވަޑައިގެންނެވީ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމްއެވެ.

ބައްދަލުވުމަށް ހާޒިރުވެވަޑައިގަތީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަފީޤު ހަސަން، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖުތާޒް، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާޙީމް، ވިލިގިނލި ދާއިރާގެ މެންބަރު މުޙައްމަދު ރާމިޒް، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، އަދި ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލް ޣަފޫރުއެވެ. ހޯރަފުށި ދާއިރާގެ މެންބަރި އަޙްމަދު ރަޝީދު ވަޑައެއްނުގަނެއެވެ.