އިމްތިޔާޒް ކޮމިޓީގެ 11 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު 11:30 ން 12:03 އަށް ބޭއްވުނު އިމްތިޔާޒް ކޮމިޓީގެ މިއަހަރުގެ 11 ވަނަ ބައްދަލުވުމުގައި ކޮމިޓީ އަލުން އެކުލަވާލައްވާފައިވާތީ، މުޤައްރިރެއް ހޮވުމުގެ ފުރުޞަތު ހުޅުވާލާ، 7 ވޯޓުގެ އަޢްލަބިއްޔަތުން އެ މަޤާމަށް މަތިވެރި ދާއިރާގެ މެންބަރު ހުސެން މުޙައްމަދު ހޮވިވަޑައިގެންފިއެވެ.

ނައިބު މުޤައްރިރު ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީވެސް ހޮވިވަޑައިގެންފައިވަނީ 7 ވޯޓުގެ އަޢްލަބިއްޔަތުންނެވެ. މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވުމަށްފަހު، ރަމަޞާން މަހު ކޮމިޓީ މަސައްކަތް ކުރިއަށްގެންދަވަން ރާއްވަވާފައިވާ ގޮތުގެ މައްޗައް ބައްލަވާލައްވާފައިވެއެވެ.

ކޮމިޓީއަށް ހާޒިރުވެވަޑައިގެން މެންބަރުންނަކީ މަތިވެރި ދާއިރާގެ މެންބަރު ހުސެން މުޙައްމަދު، އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙްމީ، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙީމް ރިޒާ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުޙުސިން ހަމީދުއެވެ.