މިއަދުގެ ޖަލްސާ ފަސްކުރައްވައިފި

މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވާފައިވާތީ، އެކަން ލިޔުމަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަންގަވަންދެން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި ފަސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އެވެ.

27 ޝަޢުބާން 1433

17 ޖުލައި 2012