ސިޔާސީ ޕާޓީތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިނުވާތީ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި

ކޮމިޓީތައް އެކުލަވާލެއްވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ތަމްޞީލްކުރައްވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ މެދުގައި އެއްބަސްވުމަކަށް އަދި އާދެފައިވާނުވާތީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 17 ވަނަ ޖަލްސާ ކުރިއަށް ނުގެންދަވައި ރިޔާސަތުން ނިންމަވާލައްވައިފިއެވެ.

ޖަލްސާގެ ރިޔާސަތު މިއަދު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެވެ. ޖަލްސާ ނިންމަވާލެއްވީ ދެފަހަރުމަތިން ޖަލްސާ ފަސްކުރެއްވުމަށްފަހުގައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 11 ޖުލައި 2012 ވާ ބުދަ ދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

20 ޝަޢުބާން 1433

10 ޖުލައި 2012