” ސްޓޭންޑިންގް ކޮމިޓީ އޮން ސޯޝަލް އެންޑް ކަލްޗަރަލް އެފެއަރސް މީޓިންގ” ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ 2 މެންބަރަކު ފުރާވަޑައިގެންފި

މި އަހަރުގެ ޖުލައި މަހުގެ 10 ން 11 އަށް އިރާންގެ ވެރިރަށް ތެހެރާންގައި އޭޝިއާ ޕާލިމެންޓަރީ އެސެމްބްލީ (އޭ.ޕީ.އޭ) އިން އިންތިޒާމް ކުރެއްވި ” ސްޓޭންޑިންގް ކޮމިޓީ އޮން ސޯޝަލް އެންޑް ކަލްޗަރަލް އެފެއަރސް މީޓިންގ” ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ފުރާވަޑައިގެންފިއެވެ.

މިބައްދަލުވުމުގައި، ކޮރަޕްޝަނާދެކޮޅަށް މަސައްކަތްކުރެއްވުމާއި، ސަގާފީ އާދަކާދަތައް ކުރިއަރުވައި ދެމެހެއްޓެވުމާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ގްލޯބްލައިޒޭޝަންގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ބެހޭގޮތުންނާއި، ސިއްޚީ މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.