ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރެއްވުމަށް ވަގުތު ދެއްވުމުގެގޮތުން މިއަދުގެ ޖަލްސާ 01:00 އަށް ފަސްކުރައްވައިފި

ކޮމިޓީތައް އެކުލަވާލެއްވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ތަމްޞީލްކުރައްވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފުރުޞަތު ދެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 17 ވަނަ ޖަލްސާ 01:00 އަށް ފަސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވިދާޅުވީ މިއަދު ހެނދުނު 08:30 އިންފެށިގެން ޕާޓީތަކުގެ މަދުގައި މަޝްވަރާ ކުރިއަށް ގެންދަވަމުންދާކަމަށެވެ.  

20 ޝަޢުބާން 1433

10 ޖުލައި 2012