ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު އިޤްތިޞާދީ ކޮމިޓީގައި އިތުރަށް ދިރާސާކުރައްވައިފި

މިއަދު 9:30 ން 10:30 އަށް ބޭއްވުނު އިޤްތިޞާދީ ކަންކަމާއި ބެހޭ ކޮމިޓީގެ މިއަހަރުގެ 17 ވަނަ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ދައުލަތު މުސާރައިގެ ސިޔާސަތުގެ ބިލު އިތުރަށް ދިރާސާކުރެއްވުމުގެ މަސައްކަތެވެ.

ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލް، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އަދި ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމްއެވެ.

 މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ހަމީދު، ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.

9 ޖުލައި 2012