މިއަދު ހެނދުނު 10.33 ން ފެށިގެން 12:30 އަށް ކުރިއަށް ގެންދެވުނު ޤައުމީ ތަރައްޤީގެ ކޮމިޓީގެ ސަބް-ކޮމިޓީގެ 10 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ތައުލީމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވައިފިއެވެ.
މިއަދުގެ މިބައްދަލުވުމުގައި، މި ބިލުގެ 6 ވަނަ މާއްދާ ބެއްލެވިއެވެ.
މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ ސަބް-ކޮމިޓީގެ މުޤައްރިރު އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން އަބްދުﷲ ހަމީދު އަދި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދުއެވެ. ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ މެންބަރު ކަމަށްވާ ކޮމޮންޑޫ ދާއިރާގެ މެންބަރު ހުސައިން ވަޙީދު ވަޑައެއްނުގަންނަވައެވެ.