އާންމު ކޮމިޓީގެ ސަބް-ކޮމިޓީ 2 ގެ މިއަހަރުގެ ދެވަނަ ބައްދަލުވުން ބާއްވަވައިފި

ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ ސަބް-ކޮމިޓީ 2 ގެ މިއަހަރުގެ ދެވަނަ ބައްދަލުވުން މިއަދު ބާއްވަވާފައިވަނީ 9:36 ން 9:40 އަށެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުއައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި ސްކޮލާރޝިފް ދިނުމާއިބެހޭ ގަވައިދު ދިރާސާ ކުރެއްވުމުގެ މަސައްކަތް ވަނީ ކުރައްވާފައެވެ. މިގޮތުން، ދެން އެންމެ އަވަހަށް ބާއްވާ މި ސަބް-ކޮމިޓީގެ ބައްދަލުވުމެއްގައި އިތުރު މަސައްކަތް ކުރެއްވުމަށް ނިންމަވާ މިއަދުގެ ބައްދަލުވުން ވަނީ ނިންމަވާލައްވާފައެވެ.

ބައްދަލުވުމަށް ހާޒިރުވެވަޑައިގަތީ މާވަށު ދާއިރާގެ މެންބަރު އަބްދުއްއަޒީޒް ޖަމާލް އަބޫބަކުރު އަދި ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރުއެވެ. ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުޙުސިން ހަމީދު ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.