ދިވެހިރާއްޖެއިން އައި.އެލް.އޯގެ މައިގަނޑު މުއާހަދާތަކުގައި ބައިވެރިވުމާއި ބެހޭގޮތުން އިޤްތިޞާދީ ކޮމިޓީގެ ރިޕޯޓް ތައްޔާރުކުރައްވައިފި

މިއަދު 9:30 ން 10:30 އަށް ބޭއްވުނު އިޤްތިޞާދީ ކަންކަމާއި ބެހޭ ކޮމިޓީގެ މިއަހަރުގެ 16 ވަނަ ބައްދަލުވުމުގައި، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ގެ އަސާސީ 8 މުޢާހަދާގައި ދިވެހިރާއްޖޭއިން ބައިވެރިވުމަށްޓަކައި، ސަބް ކޮމިޓީއިން، ދިރާސާކުރައްވައި ހުށައެޅުއްވި ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށައެޅުއްވުމަށް ފާސްކުރެއްވިއެވެ.

މީގެ އިތުރުން، މިއަދުގެ ބައްދަލުވުމުގައި ރަހުނުގެ ބިލާއި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު އިތުރަށް ދިރާސާކުރައްވާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރިއަށް ގެންދެވިއެވެ.

ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ހަމީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، އަދި ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމްއެވެ.

 މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު އަދި ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.

3 ޖުލައި 2012