މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ 6 ވަނަ ބައްދަލުވުން ބާއްވަވައިފި

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ 6 ވަނަ ބައްދަލުވުން މިއަދު ބާއްވަވާފައިވަނީ 14:00 ން 15:00 އަށެވެ.

މި ބައްދަލުވުމުގައި ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންނަށް ސިއްޙީ އިންޝިއުރަންސް ފޯރުކޮށްދިނުމަށް އެލައިޑް އިންޝިއުރެންސްއިން އެކުލަވާލާފައިވާ ހުށަހެޅުމާއި މެދު މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން މި ހުށަހެޅުމާއި މެދު ވަކި ގޮތެއް ނިންމެވުމުގެ ގޮތުން ކޮމިޓީން ވަނީ އެލައިޑް އިންޝިއުރެންސްއާއި ޝަރުޢީ ދާއިރާގެ ބޭފުޅުންނާއި ބައްދަލުކުރައްވާ މަޝްވަރާ ކުރިއަށްގެންދަވާފައެވެ.

ސަބް-ކޮމިޓީގައި ހިމެނިވަޑައިގަންންވާ މެންބަރުން ކަމުގައިވާ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، އޭދަފުށި ދާއިރާގެ މެންބަރު އަލީ ސަލީމް އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތެވެ. މި ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހުންނެވީ ޗުއްޓީގައެވެ.