މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ 20 ވަނަ ބައްދަލުވުން ބާއްވަވައިފި

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ މިއަހަރުގެ 20 ވަނަ ބައްދަލުވުން މިއަދު ބާއްވަވާފައިވަނީ 11:35 ން 12:30 އަށެވެ.

މި ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރާއި ކޮމިޓީގެ ބޭފުޅުންނާއި ބައްދަލުކުރައްވަން ނިންމަވާފައިވާތީ، މި ބައްދަލުވުން ކުރިއަށްގެންދަވާނޭ އުސޫލުތައް ކަނޑައެޅުއްވުމުގެ މަސައްކަތް ކުރައްވާފައިވެއެވެ.

ބައްދަލުވުމަށް ހާޒިރުވެވަޑައިގަތީ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ހުސައިން، އަދި އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ އެވެ.