މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 32 ވަނަ ބައްދަލުވުން ބާއްވަވާފައިވަނީ 11:30 ން 13:00 އަށެވެ.
މި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަން އޮފް މޯލްޑިވްސްގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ބައްލަވާ، އެކަމާއި މެދު މަޝްވަރާކުރައްވާ އިތުރު މަޢުލޫމާތު ހޯއްދެވުމުގެ ގޮތުން އެ ކޮމިޝަންގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާޙިމް، އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފައިނޭންޝަލް އޮޑިޓްގެ މެނޭޖަރުން ކަމުގައިވާ ޔަޒްމީދު މުޙައްމަދު އާއި އާމިނަތު ނިއުމާ ބައިވެރިވެވަޑައިގަތެވެ.
އިލެކްޝަންސް ކޮމިޝަން ފަރާތުން މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ބޭފުޅުންނަކީ އެ ކޮމިޝަންގެ ރައީސް ފުވާދު ތަޢުފީޤު، ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ފަޔާޒް ހަސަން، އަދި ކޮމިޝަންގެ މެންބަރުން ކަމުގައިވާ އިބްރާޙިމް ވަޙީދު، މުޙައްމަދު ފާރޫގު، އަދި ޢަލީ މުޙައްމަދު މަނިކު އެވެ.
ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، އޭދަފުށި ދާއިރާގެ މެންބަރު އަލީ ސަލީމް، ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަމްޒާ، ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ، އަދި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް އެވެ.