އިޤްތިޞާދީ ކޮމިޓީގައި ރަހުނުގެ ބިލްގެ މަސައްކަތްކުރައްވައިފި

މިއަދު 9:35 ން 10:30 އަށް ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ މިއަހަރުގެ 15 ވަނަ ބައްދަލުވުމުގައި ރަހުނުގެ ބިލާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރްމެންޓް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޭފުޅުންނާއި ކޮމިޓީ މެންބަރުން ބައްދަލުކުރައްވައިފިއެވެ.

މި އޮފީސްތަކުން ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި ބޭފުޅުންނަކީ މިނިސްޓަރ އޮފް ހައުސިންގް އެންޑް އެންވަޔަރްމެންޓްގެ ޑެޕިއުޓީ އެގްޒެކިއުޓިވް ޑިރެކްޓަރ އައިމިނަތު އާތިފާ އަދި ލޭންޑް އޮފިސަރ އިބްރާޙީމް އާރިފް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން ހެޑް އޮފް ލީގަލް އެންޑް ޝަރީޢާ ކޮމްޕްލައަންސް އަޙުމަދު ފިރާސް، ހެޑް އޮފް ކްރެޑިޓް އެޑްމިނިސްޓްރޭޝަން މުޙައްމަދު އުޝާމް އަދި އޮފިސަރ އޮފް ފައިނޭންސިންގ އެންޑް އިންވެސްޓްމެންޓް ނާހިދު އިދްރީސް، އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން އެގްޒެކެޓިވް ޑިރެކްޓަރ ނީޒާ އިމާދު، ލީގަލް ސެކްޝަންގެ މެނޭޖަރ ޝީޒާ އަޙުމަދު، އަދި އެސިސްޓެންޓް މެނޭޖަރ އޮފް ކްރެޑިޓް ބިއުރޯ، ފާތިމަތު ފަޒްލީމާ ފާކިރުއެވެ.

ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ހަމީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، އަދި ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމްއެވެ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.