ދިވެހިރާއްޖޭގެ އެއާރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާރޕޯޓް ސަރވިސް ޗާޖު ނެގުމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު އަނބުރާ ގެންދަވާފައިވާ ކަމަށް ރިޔާސަތުން އިޢުލާން ކުރައްވައި

މިއަދު ކުރިއަށް ގެންގޮސްފައިވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 78/71، ދިވެހިރާއްޖޭގެ އެއާރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާރޕޯޓް ސަރވިސް ޗާޖު ނެގުމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު އަނބުރާ ގެންދަވާފައިވާ ކަމަށް ރިޔާސަތުން އިޢުލާން ކުރައްވައިފިއެވެ.

މިބިލުގެ ފުރަތަމަ ކިއުން އިއްވަވާފައިވަނީ 12 ޑިސެމްބަރ 2011 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ 22 ވަނަ ޖަލްސާގައެވެ. މިބިލު އަނބުރާ ގެންދަވަން ބޭނުންފުޅުވާ ކަމަށް 2 ޖުލައި 2012 ގައި ލިޔުމުން މަޖިލީހަށް އަންގަވާފައިވާވެއެވެ.