ޤައުމީ ސަލާމަތު ކޮމިޓީގެ ސަބް ކޮމިޓީގައި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްބިލްގެ މަސައްކަތްކުރައްވައިފި

މިއަދު 11:15 ން 12:30 ށް ބޭއްވުނު ޤައުމީ ސަލާމަތު ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދަވާފައިވެއެވެ. މިއަދުގެ ބައްދަލުވުމުގައި ” ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ބިލު” އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރެއްވިއެވެ. މި ގޮތުން މި ބިލުގެ 5 ވަނަ ބާބު ގެ 48 ވަނަ މާއްދާ ން 55 ވަނަ މާއްދާގެ ނިޔަލަށް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރެއްވިއެވެ.

މިބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް( ވަގުތީ ގޮތުން ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ގެ ބަދަލުގައި) އަދި މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމްއެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ މި ބައްދަލުވުމުގައި ބައިވެރިވަޑައިނުގަންނަވައެވެ.

 

12 ޝައުބާން 1433

2 ޖުލައި 2012