އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ، އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލުގެ ބަހުސް ކުރިއަށްގެންދަވައިފިއެވެ.

މިއަދަކީ މިބިލަށް ބަހުސްކުރެވުނު 3 ވަނަ ދުވަހެވެ. މިއަދުގެ ޖަލްސާގައި މިބިލަށް 17 މެންބަރުން ވާހަކަދައްކަވާފައިވެއެވެ

މިބިލަކީ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ލިބިދޭ ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޙައްގުގެ ބޭނުން ހިފާނެގޮތުގެ ހަމަތައް އެކަށައެޅިފައިނެތުމުން ދިމާވާ ދުސްތޫރީ، ޤާނޫނީ، ސިޔާސީ މައްސަލަތަކަށް ޙައްލެއް ހޯދުމަށާއި، ޤާނޫނުއަސާސީ 7 އޯގަސްޓް 2008 ގައި ހިނގަން ފެށިފަހުން، މިހާތަނަށްވެސް އެއްވެއުޅުމުގެ ޙައްގު ތަރުތީބުވެ އިންތިޒާމް ވާންވީގޮތުގެ ޤާނޫނީ އޮނިގަނޑު އެކުލަވާލެވިފައި ނެތުމުންނާއި، އެއްވެއުޅުމުގެ ޙައްގު އިންތިޒާމްވެ ތަރުތީބުވެގެން ދިޔުން ރަނޅުވެދާނެކަމަށް ފެންނާތީ ހުށަހެޅުއްވި ބިލެއްކަމަށް ބިލު ހުށަހެޅުއްވި މެންބަރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 9 ވަނަ ޖަލްސާގައި ވިދާޅުވިއެވެ.