11 ޖަހާއިރު މިއަދުގެ ޖަލްސާ އަލުން ކުރިއަށް ގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިންމަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރު ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު، ރިޔާސީ ވެރިކަމުގައި ޤާނޫނުއަސާސީ އާއި ޤާނޫނާއި ޚިލާފުވެފައިވާ ކަންކަން ބަލައި ތަޙްޤީޤުކޮށް ދިނުމަށް އެދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ހުށަހެޅުއްވި ޤަރާރު ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 12 ވަނަ ޖަލްސާގައި މަޖިލީހުން ފާސްކުރައްވާފައިވުމާއެކު، އެޤަރާރުގައިވާ މައްސަލަ މަޖިލީހުގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމުގައި ކޮމިޓީއެއް އެކުލަވާލުމުގައި ޚިޔާލު ތަފާތުވެފައިވާތީ، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުން މަޝްވަރާކުރެއްވުމަށްފަހު ހައްލެއް ހޯއްދެވުމަށްފަހު، އަލުން މަޖިލީހުގެ ޖަލްސާ 11 ޖަހާއިރު ކުރިއަށް ގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ނިންމަވައިފިއެވެ.