ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ ހަތަރުވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ހެނދުނު 11:25 ން 12:10 އަކަށް ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ ބައްދަލުވުމުގައި ބިލާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ފަރާތުން ހާޒިރުވެވަޑައިގަތީ، ރެޖިސްޓްރާ އޮފް ކޮމްޕެނީޒް އަލީ ޝުޖާޢު އަދި ޑިރެކްޓަރ އަޙުމަދު އިފްތިޚާރުއެވެ. ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ހާޒިރުވެވަޑައިގަތީ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު ޝާފީޤާ އަދި އެ އިދާރާގެ ލީގަލް އެންޑް އެންފޯސްމަންޓް ސެކްޝަންގެ ސީނިއަރ މެނޭޖަރ މަޙްޒޫމު ސަލީމުއެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ހާޒިރުވެވަޑައިގަތީ ޕަބްލިކް އެންޓަރޕްރައިޒެސް އިވެލުއޭޝަން ބޯޑުގެ ސީ.އީ.އޯ ފާތިމަތު މުއާޒާ، ފައިނޭންޝިއަލް ކޮންޓްރޯލަރ މުޙަންމަދު އަޙްމަދު، އަދި ޓެކްނިކަލް އެޑްވައިޒަރ ޓުދަ މިނިސްޓަރ ފާތިމަތު ނިއުމާއެވެ. މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަބްދުﷲ އަމީންވެސް ބައިވެރިވެވަޑައިގަތެވެ.

މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު، އަދި އަލިފުށީ ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒްއެވެ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހާޒިރުވެވަޑައެއް ނުގަންނަވައެވެ.